twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކުޅުދުއްފުށީގައި ބޮލަކަށް 310ރ މަގުން ޒަކާތް ބަހަން މިރޭ ފަށަނީ

Jun 13, 2018

މިއަހަރުގެ ފިތުރު ޒަކާތް މިރޭ ބަހަން ފަށާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ. ކުޅުދުއްފުށީގައި ފިތުރު ޒަކާތް ބަހާނީ ބޮލަކަށް 310ރ ގެ މަގުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ކުޅުދުއްފުށިން 140،196ރ ބަލައިގަންފައިވެ އެވެ.

ކުޅުދުއްފުށީގައި ޒަކާތް ބަހަން ފަށާނީ މިރޭ 9:30 ގައި ކައުންސިލް އިދާރާގަ އެވެ. ފަގީރުންގެ ގޮތުގައި މިއަހަރު ކުޅުދުއްފުށީގައި 451 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ ފަގީރުންގެ ލިސްޓުގައި ތިބި ފަރާތްތަކުން މިކަމަށް ސަމާލުވެ، ހުރިހާ ފަރާތްތަކުންވެސް ޒަކާތް ބަލައިގަތުމަށް މިރޭ ކައުންސިލް އިދާރާއަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355