ދިރާގު އާއި ޕީ.އެސް.އެމް ގުޅިގެން ވޯލްޑް ކަޕް 2018 ގެ މެޗްތައް 4ކޭ ކޮލިޓީގައި ދެއްކުމުގެ އިންތިޒާމު ދިރާގު ޓީވީ މެދުވެރިކޮށް ހަމަ ޖައްސައިފިއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ގެނެސްދޭނީ ޓީވީއެމް ގެ 4ކޭ ޗެނަލުންނެވެ. ޓީވީއެމް އަކީ ރާއްޖޭގައި ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރެވެ. އަދި ޓީވީއެމް އިން ދަނީ ވޯލްޑް ކަޕަށް ހާއްސަ ކަވަރޭޖެއްވެސް ގެނެސްދެމުންނެވެ.
4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބަލައިލުމުގެ ފުރުސަތު މުޅި ދުނިޔެއިން ވެސް ފޯރުކޮށްދެނީ ވަރަށް މަދު ގައުމެއްގައި އެހާމެ މަދު އޮޕަރޭޓަރުންނެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮލިޓީގައި ވޯލްޑް ކަޕް ބެލުމަށް މިހާރުވެސް ބޭނުން ކުރަށްވާ ޖޯއިބޮސްގެ އިތުރުން އެއްވެސް ޑިވައިސެއް ބައްލަވައިގަންނަވާކަށް ނުޖެހޭނެއެވެ.
4ކޭ ކޮލިޓީގައި ދިރާގު ޓީވީ އަދި ޕީއެސްއެމް މެދުވެރިކޮށް ވޯލްޑް ކަޕް ގެ ފަހު ސްޓޭޖްގެ 10 މެޗް ބަލައިލެވޭނެއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބެލުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯއްދަވާ ފަރާތްތަކަށެވެ. ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވޯލްޑް ކަޕް 4ކޭ ކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.
މިހާރު ދިރާގު ޓީވީ އިން 95 އަށް ވުރެ ގިނަ ޗެނަލް ފެނިގެން ދެއެވެ. އަދި 41 ރަށުގައިވެސް މިހާރު ދިރާގު ޓީވީ ހިދުމަތް ވަނީ ތައާރަފް ކޮށްފައިއެވެ. އަދި ހަމަ އެޔާއެކު، ދިރާގު ޓީވީގެ މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ މިއަހަރު ތެރޭ ތައާރަފްކޮށްފައިއެވެ.