twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަންވަނަތަކާއި ބޮޑު ކާމިޔާބީއާއެކު ހދ އޭއީސީގެ އެތުލެޓިކްސް ޓީމް ރަށަށް !

Jul 30, 2018

މިމަހު 26-23 އަށް ފޯއްމުލަކު ސިޓީގައި ކުރިއަށްދިޔަ 21 ވަނަ މައިލޯ އެތުލެޓިކްސް މީޓްގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

6 އުމުރުފުރާއަކު މުޅި ރާއްޖެއިން 27 ސްކޫލަކު ބައިވެރިވި މިމުބާރާތުން ހދ އޭއީސީގެ ޓީމު ވަނީ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމުވެސް ހޯދާފައިވަނީ ހދ އޭއީސީގެ ދަރިވަރެކެވެ. އެއީ އަހުމަދު އީހަމް ހަމްޒާ އެވެ.

މިމުބާރާތުގެ ހދ އޭއީސީގެ 25 އެތްލީޓުން ބައިވެރިވިއިރު ފަސް އޮފިޝަލު އެކުދިންގެ ކަންތައްތަކުގައި ހަރަކާތްތެރިވެފައިވެ އެވެ. މުބާރާތުގެ ބައިވެރިވި މި ޓީމް ރޭގައި ރަށްށަށް އައިސްފައިވާއިރު މުބާރާތުން ހދ އޭއީސީގެ ދަރިވަރުން ހޯދި ކާމިޔާބީތައް ތިރީގައި ހިމަނާލާނަމެވެ.

13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ސްކޫލް

13 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓް : އަހުމަދު އީހަމް ހަމްޒާ

1000މ ދުވުމުން އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޢާއިޝަތު އާޔާ ޢަލީ. މި އިވެންޓުން އާޔާ ވަނީ އިންޓަރ ސްކޫލް ރިކޯޑް ހަދާފަ.

1000މ ދުވުމުން އަންހެން ކުދިންގެ ބައިން 3 ވަނަ ހޯދީ ޢާއިޝަތު އައިނީ އާމިރު

200މ ދުވުމުން އަންހެން ކުދިންގެ ބައިން 2 ވަނަ ހޯދީ ޢާއިޝަތު އާޔާ ޢަލީ

100މ ދުވުމުން އަންހެން ކުދިންގެ ބައިން 2 ވަނަ ހޯދީ ފާތިމަތު ހޫނާ

ޝޮޓް ޕުޓް އިން އަންހެން ކުދިންގެ ބައިން 2 ވަނަ ހޯދާފައިވަނީ އީމާ ޢަލީ ޝިޔާމް އަދި 3 ވަނަ ހޯދާފައިވަނީ ޢައިޝަތު ޝީނީޒް

4X100މ ރިލޭއިން އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ރިލޭ ޓީމް. ( އައިޝަތު އާޔާ އަލީ ، މަލްސާ އާދަމް، އައިޝަތު އައިނީ، ފާތިމަތު ހޫނާ)

މިޑްލީ ރިލޭ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ރިލޭ ޓީމް. ( އައިޝަތު އާޔާ އަލީ ، މަލްސާ އާދަމް، އައިޝަތު އައިނީ، ފާތިމަތު ހޫނާ) މި އިވެންޓުން ރިލޭ ޓީމުވަނީ އިންޓަރ ސްކޫލް ރިކޯޑް ހަދާފަ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1000 މ ދުވުމުން 1 ވަނަ ހޯދާފައިވަނީ އަހުމަދު އީހަމް ހަމްޒާ

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 200މ ދުވުމުން 2 ވަނަ ހޯދާފައިވަނީ އަހުމަދު އީހަމް ހަމްޒާ

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ލޯންގް ޖަމްޕުން 1 ވަނަ ހޯދާފައިވަނީ އަހުމަދު އީހަމް ހަމްޒާ

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޝޮޓް ޕުޓް އުކުމުން 2ވަނަ ހޯދާފައިވަނީ މުހައްމަދު ހޫދު ތޯހާ

13 އަހަރުން ދަށޫގެ ފިރިހެން ކުދިންގެ ބައިން 4X100މ ރިލޭއިން ފިރިހެން ކުދިންގެ ބައިން 3 ވަނަ ހޯދީ ރިލޭ ޓީމް.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން މިޑްލީ ރިލޭއިން 2 ވަނަ ހޯދީ ރިލޭ ޓީމް.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 100މ ދުވުމުން 1ވަނަ ހޯދާފައިވަނީ ރިފާ މުޙައްމަދު

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 3000މ ދުވުމުން 3 ވަނަ ހޯދާފައިވަނީ ސަމްހާ އާދަމް

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 200މ ދުވުމުން 2 ވަނަ ހޯދާފައިވަނީ ރިފާ މުހައްމަދު

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ލޯންގް ޖަމްޕުން 3ވަނަ ހޯދާފައިވަނީ ރިފާ މުހައްމަދު

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑިސްކަސް ތްރޯއިން 3 ވަނަ ހޯދާފައިވަނީ މުހައްމަދު ހަމްދާން ޢަލީއެވެ.

15 އަހަރުން ދަށުގެ ހައިޖަމްޕުން 2 ވަނަ ހޯދާފައިވަނީ ޢަލީ ޔާސީން ބަޝީރެވެ. އަދި މި އިވެންޓުން 3 ވަނަ ހޯދާފައިވަނީ މުހައްމަދު އާދަމެވެ.

 

ފޯއްމުލަކު ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ސްޕޯޓްސް ކޮމިޝަނަރ އަލީ އުމަރެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތްލެޓިކްސް ޓީމުވަނީ މި މުބާރާތުގައި ވާދަކޮށް 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ސްކޫލްގެ މަޤާމް ހޯދައި ހދ. އަތޮޅަށާއި ސްކޫލަށާއި ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދީފައެވެ.

13 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި އީހަމް–ފޮޓޯ: އަލީ ޝަރީފް

ހދ. އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖޭގައި ބޭއްވޭ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތްތަކުގައި ވާދަކޮށް ރަން ވަނަތަކެއް ހޯދަމުން އަންނަ ސްކޫލެކެވެ. މިއަހަރު ކުޅުދުއްފުށީގައި ބޭއްވުނު މަކީޓާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 13 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީވެސް ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލެޓިކްސް ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355