twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންމެ ބޮޑު ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް ފަށައިފި

Aug 12, 2018

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލް އަޤްވާމީ ރިސަރޗް ކޮންފަރެންސް ފަށައިފި އެވެ.

“ތެވެލި” ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްގެންދަނީ ދިވެހި ޤައުމީ ޔުނިވަރސިޓީގައެވެ.

އިލްމީ ދިރާސާ ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އުފެއްދުމުގެ މަުސަދުގައި ކުރިއަށްގެންދާ މި ކޮންފަރެންސަށް މިއަހަރު ސަތޭކަ ފަސް ދިރާސާ ކަރުދާސް ހުށައަޅާފައިވެެއެވެ.

އޭގެ ތެރެއިން ފަންސާސް ފަސް ކަރުދާހަކީ ރާއްޖެއާ ގުޅޭ އެކި ދާއިރާތަކުން ދިވެހިން ތައްޔާރުކޮށްފައިވާ ދިރާސާ ކަރުދާސްކަން ފާހަގަކޮށްލެވެއެވެ. ބާކީ ފަންސާސް ކަރުދާހަކީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން އެކި ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައްކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރެޔެވެ.

މިއަހަރުގެ ދިރާސާ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ތައުލީމީ ދާއިރާއަކީ މުޅި ދުނިޔޭގައިވެސް ވަރަށް ވާދަވެރި ދާއިރާއަކަށްވެފައި ތައުލީމު ދޭ އިންސްޓިޓިއުޓްތަކުގެ އަގު އަރައިގެންދާ އެއްކަމަކީ އެތަނެއްގައި ކުރެވޭ ދިރާސާތަކުގެ މުއްސަނދިކަންކަމަށެވެ.

އެގޮތުން ގައުމީ ޔުނިވަރސިޓީން ކުރަމުންދާ މިމަސައްކަތަކީ އެ އިންސްޓިޓުޓް ބަލައިގަންނަން މީހުނަށް ފަސޭހަ ވާނެކަމަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ މި ކޮންފަރެންސްގައި ތައްޔާރުކުރާ ދިރާސާތަކަކީ ރާއްޖެ ކުރިއަށް ދިޔުމުގައި މުހިއްމު ދައުރެއް އަދާ ކުރާނެކަމެއްކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އިންތިޒާމް ކުރާ މިކޮންފަރެންސްގައި ފުޑް ސައިންސާއި ތިމާވެއްޓާއި އަންހެނުންނާއި، ހަމަހަމަކަމާއި އާއިލާތަކުގައި ދިމާވާ އެކި މައްސަލަތަކާ ގުޅޭގޮތުން ކާމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީޗްތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި ފަތުރުވެރިކަމާއި ސިއްހަތާއި ތާރީހާއި ގުޅޭ ދާއިރާތައްވެސް ހިމެނޭކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.

މިކޮންފަރެންސަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ.

މިކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ޤައުމުތައް ބައިވެރިވާއިރު މިދިޔަ އަހަރަށްވުރެ ގިނަ ޤައުމުތަކުން މިއަހަރު ބައިވެރިވެފައިކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، އޮމާން އަދި ޤަތަރުގެ އިތުރުން ނިއުޒިލެންޑާއި މެލެޝީއާއިންވެސް ބައިވެރިވެފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355