ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.16 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސަައްތަ މުދާ އެތެރެކޮށްފައި ވާނެ ކަމަށް ކަސްޓަމުން ހާމަކުރެއެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު ހުސްވި އޮގަސްޓް މަހު %14 އިތުރުވެފަކަމަށް އެ ފަރާތުން ހާމަކުރެއެވެ. މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 280 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮގަސްޓްމަހު ލިބިފައިވަނީ 245 މިލިއަން ރުފިޔާ އެވެ.
2017 ވަނަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާއެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.
މިދިޔަ އޮގަސްޓްމަހު އެކްސްޕޯޓްކުރި މުދަލުގެ 20 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، ތައިލެންޑަށް 15 އިންސައްތަ އަދި އިނގިރޭސި ވިލާތަށް 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެއިިތުރުން، ފަރަންސޭސި ވިލާތައަށް 10 އިންސައްތަ ވަނީ އެކްސްޕޯޓްކުރެވިފައެވެ. މި މައުލޫމާތާ ގުޅޭ އިތުރު ތަފްޞީލް “މަންތްލީ ސްޓެޓިސްޓިކްސް” ޝީޓުން ލިބެން ހުންނާނެއެވެ.