twitterviber whatsapp telegramfacebookyoutube instagram
21st December 2025

ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ށ. ނަލަންދޫ ފަތުރުވެރިކަމަށްދޫކުރާނެކަމަށް އިބޫ ވިދާޅުވެއްޖެ

Sep 12, 2018

ގުދުރަތީ ރީތިކަމާއި ހާއްސަ ސިފަތަކެއް ލިބިފައިވާ ށ އަތޮޅު ނަލަންދޫ ފަތުރުވެރިކަމަށް ތަރައްގީކުރަން އެއަތޮޅުގެ ރައްޔިތުން އެދިފައިވާ ކަމަށާއި ކޯލިޝަން ވެރިކަމެއްގައި ރައްޔިތުން އެދޭގޮތަށް ނަލަންދޫގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް އިބުރާހިމް މުހައްމަދު ސޯލިޙް(އިބޫ) ވިދާޅުވެއްޖެ އެވެ.

ނަލަންދޫއަކީ ރާއްޖޭގެ މަދު ރަށަކަށް ނޫނީ ލިބިފައިނުވާ ރީތިކަމެއް ލިބިފައިވާ އިންތިހާ ޗާލު ރަށެކެވެ. ރަށުގެ ތެރެއަށް ވިލު ވައްދާލާފައި އޮންނައިރު ގުޅިފައިވާ ރަށެއްގެ ގޮތުގައި ސިފަވެގެންދާ ނަލަންދޫއަކީ ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރީތި ރަށެކެވެ.

ށ. ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ މިއަތޮޅުގެ ރައްޔިތުންގެ އެދިފައިވާ ގޮތަށް ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރެވެން އޮތީ ކިހެނެއްތޯ ބަލައި އެގޮތަކަށް ރިސޯޓް ތަރައްގީކުރާނެ ކަމަށެވެ.

އިބޫ އެހެން ވިދާޅުވުމާއެކު އެކަމަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން ޖަލްސާގައި ތިބި އެތަށް ރައްޔިތުންތަކެއް ކޮޅަށް ތެދުވެ އަތްތިލަބަޑީގެ ހޫނު މަރުހަބާއެއް އިބޫއަށް ދެންނެވި އެވެ. ނަލަންދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަކަށް އެރަށުގައި ރިސޯޓެއް ތަރައްގީކުރުމަކީ އެއަތޮޅުގެ ވަރަށް ގިނަ ބައެއްގެ އެދުމެކެވެ.

ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ކޯލިޝަންވެރިކަމެއްގައި ށ އަތޮޅަށްވެސް ފަތުރުވެރިކަންފުޅާކުރާނެކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355