twitterviber whatsapp telegramfacebookyoutube instagram
24th April 2024

މުޒާހަރާކުރަން ނިންމީ ރައްޔިތުންގެ ހައްޤުގައި: ނިހާން

Oct 3, 2018

ޕީޕީއެމްއިން ފަށާފައިވާ މުޒާހަރާތަކަކީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ސަކުވާތައް އޮޅުން ފިލުވައިދިނުމަށް ކުރާ މުޒާހަރާތަކެއްކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްއިން ފަށައިގެން އުޅޭ މަސައްކަތްތަކަކީ އިންތިހާބުން ބަލިވުމާއި ގުޅިގެން ކުރާ މަސައްކަތްތަކެއް ނޫންކަމަށާއި މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑެތި މައްސަލަތައް ހުރިކަމަށް އެޕާޓީއާއި އަދި އެޕާޓީއަށް ތާއީދުކުރާ ގިނަ ރައްޔިތުންނަށް ޤަބޫލުކުރެވޭތީ އެރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކެއްކަމަށެވެ.

އިންތިހާބުގެ ގިނަ ކަންކަން ގޯހުން ހިނގިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގައިވެސް އަދި ވޯޓާސް ލިސްޓުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަމަށް އެޕާޓީއަށް ފާހަގަކުރެވި، އެމައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށާއި ވަރަށް އަވަހަށް މިކަންކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ސައްހަކަމާމެދު ޕީޕީއެމުން ސުވާލު އުފައްދަމުންދާއިރު، ޕީޕީއެމްއިން ވަނީ އިންތިހާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާ ކުރަން ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355