twitterviber whatsapp telegramfacebookyoutube instagram
24th August 2025

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ކުޅުދުއްފުށީގައި ފުރަތަމަ އެހީގެ ތަމްރީން ޕްރޮގުރާމެއް

Jun 23, 2025

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ފުރަތަމަ އެހީގެ ތަމްރީނު ޕްރޮގުރާމެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

މި ތަމްރީން ޕްރޮގުރާމު އިންތިޒާމުކުރާ ދިވެހި ރެޑްކުރެންސެންޓް ބުނީ، މިއީ ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގެ ދަތުރުތައް ކުރާ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގުރާމެއް ކަމަށެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިކަމާ ބެހޭ އިތުރު މައުލޫމާތު 9906726 ގުޅުމުން ސާފުވާނެ އެވެ. މި ޕްރޮގުރާމުގައި ވިޔަފާރި އުސޫލުން ކާރު، ޕިކަޕް، އަދި ރަށު ޕިކަޕް ދުއްވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

މި ތަމްރީން ފުރިހަމަކުރާ ފަރާތްތަކަށް 'އިމަޖެންސީ ބޭސިކް ލައިފް ސަޕޯޓް' ތަމްރީނު ސެޓްފިކެޓް ލިބޭނެ ކަމަށް ދިވެހި ރެޑްކުރެންސެންޓުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355