twitterviber whatsapp telegramfacebookyoutube instagram
28th June 2026

ބޮޑު ތިލަދުންމަތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ރެޑް ކްރެސެންޓް އިން ކުޅުދުއްފުށީގައި ކޭމްޕެއް

Jun 28, 2026

"މަދަދުވެނި4.0 : ކްލައިމެޓް އިނޮވޭޝަން ޗެލެންޖުގެ" ނަމުގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ދިވެހި ރެޑް ކްރެސެންޓް އިން ބާއްވާ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް ޖުލައި މަހުގެ 22 އިން 25 ގެ ނިޔަލަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި، ހއ.، ހދ.، އަދި ށ. އަތޮޅުގެ ކޮންމެ ރަށެއްގެވެސް، މި އުމުރުފުރާގެ ޒުވާނަކަށް، މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރެޑް ކްރެސެންޓް އިން ހާމަކޮށްފައިވާ ގޮތުގައި މި ކޭމްޕުގެ ތެރެއިން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ރަށު ފެންވަރުގައި ޒުވާނުންނަށް ކުރެވެން ހުރި ކަންކަން ދެނެގަނެ، އެފަދަ ކަންކަން ހައްލުކުރުމަށް އީޖާދީ ވިސްނުންތައް ވިސްނާ، އަދި އެކަންކަމަށް ޕްރޮޖެކްޓްތައް ޑިޒައިންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މީގެއިތުރުންވެސް، އެފަރާތުން ހާމަކުރި ގޮތުގައި މި ކޭމްޕް ކުރިއަށް ދާނީ، ބައިވެރިންގެ މެދުގައި ޓީމްތަކެއް އެކުލަވާލެވި، ދާއިރާގެ މާހިރުންގެ ފަންނީ ލަފާ އަދި އިރުޝާދާ އެއްގޮތަށް މޫސުމީ ބަދަލުތަކުން އަރައިގަންނަން ބޭނުންވާ ޕްރޮޖެކްޓްތައް ޑިޒައިން ކުރާ މުބާރާތެއްގެ ސިފައިގައެވެ. އަދި، މި ކޭމްޕުން މޮޅުވާ ޓީމުތަކުގެ ޕްރޮޖެކްޓްތަކަށް އަމަލީ ސިފަ ގެންނަން ބޭނުންވާ އެހީތެރިކަން، ދިވެހި ރެޑް ކްރެސެންޓް އިން ފޯރުކޮށްދޭނެއެވެ.

ކޭމްޕްގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުން އަދި ކެއުމުގެ އިންތިޒާމްތަށް ރެޑް ކްރެސެންޓުގެ ފަރާތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ރެޑް ކްރެސެންޓުގެ ވެބްސައިޓް، އަދި މީސް މީޑިޔާގެ މަންސަތަކުން ލިބިގެންދާނެއެވެ. ކޭމްޕުގައި ބައިވެރިވުމައް ހުޅުވާލެވިފައިވަނީ 5 ޖުލައި 2026 ގެ 14:00 ގެ ނިޔަލަށެވެ.

މި ކޭމްޕުގައި، ކުޅުދުއްފުށިން ބޭރުން ބައިވެރިވާ ބައިވެރިންގެ ދަތުރުފަތުރާއި، ހުރުމާއި، ކެއުމުގެ އިންތިޒާމުތައް، ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ. ރެޑް ކްރެސެންޓް އިން މައުލޫމާތު ދިން ގޮތުގައި ކޭމްޕާ ބެހޭ އިތުރު މައުލޫމާތު ރެޑް ކްރެސެންޓުގެ ވެބްސައިޓް، އަދި މީސް މީޑިޔާގެ މަންސަތަކުން ލިބިގެންދާނެއެވެ.

މި ކޭމްޕުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި 5 ވަނަ ދުވަހުގެ 14:00 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355