twitterviber whatsapp telegramfacebookyoutube instagram
23rd August 2019

ޓްރެވަލަރ އެމްވީ: ރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އެޖެންސީ

Oct 6, 2018

ރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އެޖެންސީ ” ޓްރެވަލަރ. އެމްވީ” ލޯންޗްކޮށްފި އެވެ.

ފަތުރުވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ ހާއްސަ ކުންފުންޏެއްކަމަށްވާ ލަނިއަކޭއާ ޓްރެވަލުން ހިންގާ ވެބްސައިޓެކެވެ.

ފަތުރުވެރިންނަށާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ އެ ވެބްސައިޓުން ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާ އަދި ގެސްޓް ހައުސްތަކުގެ އިތުރުން ސަފާރީތަކުގެ ބުކިން ހެދުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

އަދި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް މިވެބްސައިޓުގައި އެފަރާތްތަކުގެ ޚިދުމަތްތައް ޝާއިރުކޮށް، ވިއްކޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެ ވެބްސައިޓް މެދުވެރިކޮށް އެ ފަރާތްތަކުން ފޯރުކޯށްދޭ ހޮދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް ކުންފުނި ހިންގާ ފަރާތްތައް ކަމުގައިބާ ލަނިއަކޭއާ ޓްރެވެލްސްއިން މައުލޫމާތު ދެ އެވެ.

ޓްރެވަލަރ ޑޮޓް އެމްވީއަކީ އިންޑިއާގެ ޓެކްނޮލޮޖީއަށް ހާއްސަ ކުންފުންޔެއްކަމަށްވާ އެކްސިސްރޫމާ ގާތުން މަސައްކަތްކުރާ ވެބްސައިޓެކެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފުކޮށްފައިވާ މި ވެބްސައިޓާއެކު ޕާޓްނާޝިޕް ޤާއިމުކުރުމުގެ ފުރުސަތު މިހާރު އެ ވެބްސައިޓް ހިންގާ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355