twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބެސްޓް ބަޑީގެ އެހީ މިފަހަރު މީދޫއަށް: ކުޑަކުދިން ޕާކެއް ހެދުމަށް ބޮޑު އެހީއެއް !

Oct 14, 2018

ރާއްޖޭގައި އެންމެ ފުޅާ ދައިރާގައި ރަށުޕިކަޕްގެ ވިޔަފާރި ކުރަމުންދާ “ބެސްޓް ބަޑީ” ފިހާރައިން، ރ.މީދޫ ޕްރީސްކޫލްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް އެހީތެރިވުމަށް ނިންމައިފިއެވެ.

އެގޮތުން ޕްރީސްކޫލް ގޯތި ތެރޭގައި ޤާއިމުކުރާ މި ކުޑަކުދިންގެ ޕާކަކީ ޕްރީސްކޫލުގައި ކިޔަވާ ދަަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް ތަފާތު އެކި ޑިޒައިންތަކުގެ ޕްލޭ ހައުންސް އާއި، ސީޝޯ، އަދި އުނދޯލި ފަދަ ތަކެތި ހިމަނައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރީތި ޕާކަކަށް ވެގެންދާނެކަމަށް ބެސްޓް ބަޑީގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން މީދޫ ޕްރީސްކޫލްގައި ތަރައްޤީކުރާ ޕާކަށް ބޭނުންވާ ބައެއް ތަކެތި ރަމްޒީކޮށް ބެސްޓް ބަޑީގެ ފަރާތުން މީދޫ ޕްރީ ސްކޫލާ މިހާރު ވަނީ ހަވާލުކޮށްފައެެވެ. އޭގެ ތެރޭގައި ސީޝޯ އާއި ސްލައިޑްފަދަ ތަކެތި ހިމެނެއެވެ.

ރ.މީދޫއަށް އުފަން އިބްރާހިމް ރަޝީދު މިއަދު ކޭއޯއަށް ވިދާޅުވީ ޕާކު ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ޕްރީސްކޫލުގެ މެނޭޖުމަންޓާއި ގުޅިގެން ކުރިއަށްދާކަމަށާއި، ވަރަށް އަވަސް މުއްދަތެެއްގެ ތެރޭގައި އެތަކެތި ރާއްޖެ ގެނެވި އެތަނުގެ ބޭނުންކުރަން ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ.

މީދޫ ޕްރީ ސްކޫލްގައި ހަދަން ނިންމާފައިވާ ކުޑަކުދިންގެ ޕާކަށް ބެސްޓް ބަޑީ އެހީވުމަށް ބޭއްވި ހަފްލާގެ ތެރެއިން –ފޮޓޯ: ބެސްޓް ބަޑީ

ބެސްޓް ބަޑީ ފާހަގަކުރެވިފައިވަނީ ތައުލީމީ ދާއިރާއަށް ޚާއްޞަ އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށްދޭ ފަރާތެެއްގެ ގޮތުގައެެވެ. އެގޮތުން މީގެ ކުރިން ކުޅުދުއްފުށީގައި ހުންނަ ހދ.އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި އަދި އަމީރު އަމީން ސްކޫލަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި އެހީތަކެއް ބެސްޓް ބަޑީއިން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355