twitterviber whatsapp telegramfacebookyoutube instagram
13th March 2026

ލާމަރުކަޒީ ޤާނޫނު ކިތަންމެ ފަށުވިކޮށް ލިޔެވިފައިވީ ނަމަވެސް ކައުންސިލުތަކަށް ލިބެން ޖެހޭ ބާރުތަކެއް ނުލިބޭ

Oct 23, 2018

ލާމަރުކަޒީ ނިޒާމުގެ ޤާނޫނު ކިތަންމެ ފަށުވިކޮށް ލިޔެވިފައިވީ ނަމަވެސް ކައުންސިލުތައް ހިންގަމުން އަންނަނީ ކައުންސިލުތަކަށް ލިބެން ޖެހޭ ބާރު ލިބިގެން ނޫންކަމަށް އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ވަސީމް ވިދާޅުވެއްޖެ އެވެ.

ވަސީމް މިހެން ވިދާޅުވީ ހދ އަތޮޅު ކައުންސިލުން ނެއްލައިދޫ ކައުންސިލާއި ގުޅިގެން އެރަށުގައި އިމާރާތްކުރި ދެ ކޮޓަރީގެ އެޕާޓްމެންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުނެވެ.

ކައުންސިލުތަކަށް ދިމާވެފައިވާ ގޮންޖެހުތަކާ ބެހޭގޮތުން ވަސީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު، ޤާނޫނުގައި ކިތަންމެ ފަށުވިކޮށް ލިޔެވިފައިވީ ނަމަވެސް ކައުންސިލުތަކަށް ލިބެން ޖެހޭ ބާރު ނުލިބުމުގެ ސަބަބުން ކައުންސިލްތައް މަސައްކަތް ކުރަންޖެހިފައިވަނީ ވަރަށްބޮޑު ދަތިތަކާ ގޮންޖެހުންތަކަކާއެކު ކަމަށެވެ.

މީގެ އިތުުރުން އަތޮޅު ކައުންސިލުން ދައުރުގައި ނިންމަވާފައިވަނީ އެހެން މުވައްސަސާތަކުން ހިންގުމަށް ލާޒިމުކުރެވިފައިވާ ކަންކަމަށް ފަންޑުކުރުމުގެ ބަދަލުގައި ރަށުކައުންސިލްތައް ބާރުވެރި ކުރުވުމަށް އެހީތެރިވުން ކަމުގައިވެސް ވަސީމް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ކައުންސިލަށް ލިބޭ ކުޑަކުޑަ އަމްދަނީއެއްކަމަށާއި، ރައްޔިތުން އެދޭކަންކަން ކޮށްދިނުމަށް ކައުންސިލްތައް ވަނީ ނުކުޅެދިފައިކަން މުޙައްމަދު ވަސީމް ފާހަގަ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355