twitterviber whatsapp telegramfacebookyoutube instagram
25th June 2025
ADVERTISEMENT

ޗޮއިސް އެންޑް ޕްލަސްގެ ބޮޑު ޗުއްޓީ ހަދިޔާ: ކޭބަލް އަޅައިދިނުން މުޅިން ހިލޭ !

Nov 1, 2018

މީޑިއާ ނެޓްގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ  ޗޮއިސް އެންޑް ޕްލަސް އިން އަންނަ ބޮޑު ޗުއްޓީއާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ނޮވެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮމޯޝަންގައި ޗޮއިސް އެންޑް ޕްލަސް އިން ކޭބަލް ޓީވީ ކޭބަލް ހިލޭ އަޅައިދިނުމަށް ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ހިލޭ ކޭބަލް ހިދުމަތް ފޯރުކޮށްދިނުމަށް ޗޮއިސް އެންޑް ޕްލަސްގެ 6528077 ގުޅުވުމުން ހަމަޖެހިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޗޮއިސް އެންޑް ޕްލަސްގެ އޮފިޝަލަކު ވިދާޅުވީ ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށްގެންދާ މިޕްރޮމޯޝަންގެ ސަބަބުން ކޭބަލް ޓީވީގެ ހިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ކަމެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެވެސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޗޮއިސް އެންޑް ޕްލަސް އިން ހިލޭ އަޅައިދޭ މި ކޭބަލްއިން އުރީދޫ ސްޕަރނެޓްގެވެސް ހިދުމަތް ލިބޭނެ އެވެ.

މީޑިއާނެޓުންވެސް ބޮޑު ޗުއްޓީއާ ދިމާކޮށް އަންނަނީ ޕްރޮމޯޝަނެއް ހިންގަމުނެވެ. މިޕްރޮމޯޝަންގައި ޗޮއިސް އެންޑް ޕްލަސް މެދުވެރިކޮށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ހުރިހާ ރަށްށަކަށްވެސް ހިދުމަތް ލިބިގެންދާނެ އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ހދ މަކުނުދޫ، ނެއްލައިދޫ، ނާވައިދޫ، ކުރިނބީ، ހިރިމަރަދޫ، ހއ މުރައިދޫ، މޮޅަދޫ އަދި ށ ގޮއިދޫ ހިމެނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com