twitterviber whatsapp telegramfacebookyoutube instagram
11th May 2024

ދުވުންތެރިޔާ ސާއިދުއާއެކު ޝީޝާއިން ހޮންޑާގެ ވޭވް 125 އައިގެ އާ ބުރޭންޑް ބާޒަރަށް ނެރެފި

Nov 1, 2018

ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝީޝާގެ ބްރޭންޑު އެމްބެސެޑަރަކަށް ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖައްސައިފި އެވެ.

ޝީޝާ ޝޯރޫމްގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެގްރިމެންޓްގައި ޝީޝާގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން އެވެ.

ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސުމަށްފަހު ޖުމާން ވިދާޅުވީ އެ ކުންފުނީގެ އެންމެ ފުރަތަމަ ބްރޭންޑް އެމްބަސަޑަރު ސާއިދަކީ ކުޅިވަރުގެ ދާއިރާއިން މިވަގުތު ހުރި ރާއްޖެއަށް ވަރަށް ގިނަ މެޑަލްތަކެއް ހޯދާދީފައިވާ ފަރާތެއް ކަމަށެވެ.

އަދި އަހްލާގީގޮތުންވެސް ފާހަގަކުރެވޭ ސާއިދުއަށް ޝީޝާ އިން ދެވެން ހުރި ސަޕޯޓެއް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސުމަށް ފަހު އޭނާ ވަނީ ހޮންޑާގެ ވޭވް 125އައިގެ އާ މޮޑެލް ލޯންޗްކޮށްފަ އެވެ. އަދި ޝީޝާއިން ވަނީ މި އާ މޮޑެލްގެ ސައިކަލެއް ސާއިދަށް ހަދިޔާކޮށްފައެވެ.

ފިއުލް އިންޖެކްޓަރު އަދި އިންޖީނުވެސް ވަނީ ބަދަލުތަކެއް ގެނެސްފައިވާ ވޭވް 125އައިގެ އާ މޮޑެލްއަކީ މިހާތަނަށް ހޮންޑާއިން ނެރުނު އެންމެ ރަނގަޅު ޕެޓްރޯލް ހަރަދު ކުޑަ ސައިކަލުކަމަށް ޝީޝާއިން ބުނެ އެވެ.

ޝީޝާގެ އެހެން ސައިކަލުތަކޭ އެއްގޮތަށް މި ސައިކަލުވެސް އިންސްޓޯލްމަންޓަށް ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. މި ސައިކަލުގެ ޑައުންޕޭމަންޓް އަގަކީ ސައިކަލުގެ އަގުގެ މަދުވެގެން ދިހަ ޕަސެންޓް އެވެ.

އެންމެ ދިގު މުއްދަތަށް 36 މަހަށް ބަހާލައިގެން މިސައިކަލުވެސް ނެގޭނެ އެވެ. އިންސްޓޯލްމަންޓްގެ އަގަކީ 1.5 ޕަސެންޓެވެ. ޝީޝާ އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ އައުޓްލެޓްތައް ހުޅުވާ ރައްޔިތުންނާ ގާތުން ހިދުމަތް ދެމުންނެވެ. އެގޮތުން ޝީޝާގެ ކައުޓްލެޓެއް ހުޅުވާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355