އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް މުހައްމަދު އަބުދުއްރަހުމާން (ޕަޗީ) ވާދަކުރަން ނިންމައިފި އެވެ.
އޭނާ ބުނީ އެދާއިރާގެ ޓިކެޓް ހޯދަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށެވެ.
އެދާއިރާއަށް ކުރިމަތިލާނެކަން އޭނާ ވަނީ ސޯޝަލް މީޑިއާގައިވެސް ހާމަކޮށްފަ އެވެ. އަންނަ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ޕަޗީ އެކަންޏެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާން ގަސްތުކުރާކަން ޕަޗީ ހާމަކޮށްފި
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑީ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަން ވަނީ ހާމަކޮށްފަ އެވެ. އެދާއިރާއަށްވެސް އާތިފް ފިޔަވާ އެހެން މީހަކު ވާދަކުރާނެކަން އަދި ހާމަކޮށްފައިއެއްނުވެ އެވެ.