twitterviber whatsapp telegramfacebookyoutube instagram
30th August 2026

ފިނޭ ވީއެސްއާރުސީ މުބާރާތުގެ ގުރުއަތުލުން ބާއްވައިިފި

Nov 17, 2018

ހދ އަތޮޅު މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވަފައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 9 ޓީމެވެ.

އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ފިނޭ ފްރެންޑްސް، ޓީމް ކުމުންދޫ، ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް، ޓީމް ވައިކަރަދޫ އަދި ޓީމް ނޮޅިވަރަމެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ބެސްޓް ފެމިލީ، ޓީމް ހަނިމާދޫ، ޓީމް ކުޅުދުއްފުށި އަދި ޓީމް ނައިވާދޫއެވެ.

މިމަހު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ފިނޭގަ އެވެ. މިމުބާރާތުގައި ފިނޭގެ އިތުރުން 7 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި ފުރަތަމަ ދުވަހު 2 މެޗު ކުޅެން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ފިނޭ ފްރެންޑްސް އާއި ޓީމް ކުމުންދޫ އެވެ. އަދި ދެވަނަ މެޗުގައި ނޮޅިވަރަންފަރު ސްޕޯޓް ކްލަބާއި ޓީމް ވައިކަރަދޫ އެވެ.

މުބާރާތުގެ ސެމީ ފައިނަލްސް މެޗުތައް މި މަހު 29 ގައި ފަށާއިރު ފައިނަލް މެޗް އޮންނާނީ 2 ޑިސެމްބަރު ގަ އެވެ.

2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ނޮޅިވަރަމްގެ ޓީމެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355