twitterviber whatsapp telegramfacebookyoutube instagram
6th July 2025

ދިރާގާއި ސްޕާކްހަބް ގުޅިގެން ފުރަތަމަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފި

Nov 17, 2018

ދިރާގާއި ސްޕާކްހަބް ގުޅިގެން ފުރަތަމަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފި އެވެ. މި އިވެންޓަކީ ދިރާގުން ޒުވާން ފިޔަފާރި ވެރިންނަށް ޓާގެޓް ކޮށްގެން ބޭއްވި އިވެންޓެކެވެ.

ދިރާގުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ތަޖުރިބާ ހިއްސާކޮށްދެއްވީ ހޮލޮގޯ ވާލްޑް ކުންފުނީގެ ފައުންޑަރު އަދި ސީއީއޯ އީދާމް ރަޝީދު އެވެ.

ސްޓާޓަޕް ގްރައިންޑްއަކީ ތައުލީމީ ފަރާތްތަކާއި އާ އީޖާދުތަކަށް އުފައްދާފައިވަނީ އިންވެސްޓަރުން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޓާޓަޕް ކޮމިއުނިޓީ އެވެ.

މީގެ ކުރިންވެސް ދިރާގުން އަންނަނީ “ސްޓާޓަޕް ވީކެންޑް” ބާއްވަމުންނެވެ. އަދި މީގެ އިތުރުން ވެސް އެ ކުންފުނިން ދަނީ ޒުވާނުން ކުރިއަރުވަން ގިނަ އެހީތަކެއް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355