twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ ކަލާރ ރަންގެ ކިޓްތައް ދޫކުރުން ކުރިއަށްދަނީ

Nov 19, 2018

އުރީދޫ ކަލަރ ރަން 2018 ގެ އެކްސްޕޯ 18 އަދި 19 ނޮވެމްބަރ ގައި ނެޝަނަލް އާޓް ގެލަރީގައި އޮންނާނެވެ.

މިއަހަރުގެ ކަލަރ ރަންގައި ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް ހެނދުނު 10:00 އަކުން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް އެކްސްޕޯ އިން ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންދަން ޖެހެއެވެ.

އަދި ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާ ކަމަށް ވެސް އޫރިދޫއިން ހާމަކުރެއެވެ. އަދި އައިޑީކާޑުގެ ބަދަލުގައި އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވެއެވެ.

އެކްސްޕޯ ނިމުމަށްފަހު ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. ކިޓުތައް ދޫކުރުމުގެ އިތުރުން އުރީދޫ އާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ ކޯޗް ޝުޖާއު އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް ފުރުސަތު އޮތް އިވެންޓެކެވެ. ތަފާތު ކުލަތަކާއި އެކު އުފާވެރި މާހައުލެއްގައި ބާއްވާ އުރީދޫގެ މަގްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355