twitterviber whatsapp telegramfacebookyoutube instagram
19th February 2026

ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ރަޝީދު މަޑުއްވަރީ ދާއިރާއަށް ކުރިމަތިލައްވަނީ

Nov 19, 2018

ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަދި މަޝްއޫރު ވިޔަފާރިވެރިޔާ އިބުރާހިމް ރަޝީދު އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އިބުރާހިމް ރަޝީދު ވާދަކުރައްވަނީ އޭނާގެ އުފަން ރ.މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާއަށެވެ. އެދާއިރާގެ ޓިކެޓް ހޯދުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިބުރާހިމް ރަޝީދު ވިދާޅުވި އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން އިބުރާހިމް ރަޝީދު މިއަދު ވިދާޅުވީ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލީ ދާއިރާގެ ގޮނޑި ދާއިރާއަށް ހޯދައިދިނުމަށް ކަމަށެވެ. އަދިވެސް އުފަން ދާއިރާގެ ރަށްތަކަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވެން އަންނަނީ މަޖިލީހުގެ ތެރެއިން ކަމަށް އިބުރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ.

ސިޔާސީ ދާއިރާއިންނާއި އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ފުރިހަމަ ކުރައްވާފައިވާ އިބުރާހިމް ރަޝީދު ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލާން ނިންމީ އެ ދެ ރަށުގެ ރައްޔިތުންގެ އިހްސާސްތަކާއި ބޭނުންތައް އެންމެ ރަނގަޅަށް އެނގޭތީ ކަމަށެވެ. އެހެންވުމުން ދާއިރާގެ ރަށްތަކަށް ގެންނަ ބޭނުންވާ ތަރައްގީ ސަރުކާރާ ގުޅިގެން ގެންނައުމުގައި ފަސޭހަތަކެއް ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށެވެ.

އިބުރާހިމް ރަޝީދުގެ އެހީތެރިކަން މީގެ ކުރިންވެސް އެރަށަށް ވަރަށް ގިނައިން ލިބެމުންދެ އެވެ. ހާއްސަކޮށް ތައުލީމީ ދާއިރާ ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355