twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގުން އޯޓިޒަމް ކުދިންނަށް ގާއިމުކޮށްދިން ޕްލޭގްރައުންޑު ހުޅުވާލައިފި

Nov 24, 2018

މިއަހަރުގެ ބައިނަލްއަގުވާމީ އޯޓިޒަމް ދުވަހާއި ގުޅުވައިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ދިރާގުން ގާއިމުކޮށްދޭން ނިންމާފައިވާ އައުޓްޑޯ ޕްލޭގްރައުންޑު ނިންމާ ހުޅުވާދެއްވައިފިއެވެ.

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމްކުރި މި ޕުލޭގުރައުންޑްގައި ބޭނުންކުރާނެ އިކްއިޕްމެންޓްގެ ފުލްސެޓް ދިރާގުންވަނީ ހަދިޔާކޮށްފައެވެ.

މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.

ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށް ދިރާގުން ހާމަކުރެއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355