twitterviber whatsapp telegramfacebookyoutube instagram
26th April 2024

1.8 ޖީ.ބީ.ޕީ.އެސް.ގެ ސްޕީޑާއި އެކު އުރީދޫ 5ޖީ ތައާރަފްކޮށްފި

Nov 24, 2018

އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައި.އޯ.ޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު އުސްމިންތަކަށް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އުރީދޫ 5ޖީގެ ކުޅަދާނަކަން އެކުންފުނިން ދައްކުވައިދީފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު އިއްޔެ ދައްކުވައިފާވަނީ ދިވެހިރާއްޖޭގެ ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، ހޮނަރަބަލް މުހައްމަދު މަލީހް ޖަމާލް؛ މިނިސްޓަރ އޮފް ފިނޭންސް، ހޮނަރަބަލް އިބްރާހިމް އަމީރް، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ހޮނަރަބަލް އަލްްއުސްތާޒް ފައްޔާާޒް އިސްމައިލް؛ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، ހޮނަރަބަލް އަހްމަދު މަހްލޫފް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ހޮނަރަބަލް ޒަހާ ވަހީދު؛ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ހޮނަރަބަލް ޝިދާތާ ޝަރީފް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އަލްފާލިލް އިލްޔާސް އަހުމަދު އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޙަންގެ އިތުރުން އެތަށް ހާސް ކަސްޓަމަރުންގެ ހާޒިރުގައި، އުރީދޫ ކަލަރ ރަން ގައިއެވެ.

އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައިވެސް އުރީދޫ އިން ބޮޑެތި ނެޓްވަރކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

5ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ. މިގޮތުން، އިންސާނީ ތަރައްގީ މަގުފަހިކޮށްދޭނެ، އަދި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްދޭނެ ފަދަ މުހިންމު ނެޓްވަރކް އަޕްގްރޭޑްތަކެއް ގެނައުން، އުރީދޫގެ މި މަސައްކަތުގައި ހިމެނެއެވެ. މި ކުރިއެރުމާއި އެކު، 5ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރ ކުރުން ފަދަ އީޖާދީ ހިދުމަތްތަށް ކައިރި މުސްތަގްބަލެއްގައި ފެނިގެންދާނެ ކަމަށް އުރީދޫއިން މައުލޫމަތު ދެއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

5ޖީ ނެޓްވަރކަކަށް ތައްޔާރީތަށް ވަމުންދާއިރު، އުރީދޫ މޯލޑިވްސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދާއި، މުޅި އުރީދޫ ގްރޫޕުންވެސް ފުރަތަމަ މި ލައިސަންސް ލިބުން ކުންފުންޏަށް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355