twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި

Dec 4, 2018

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބިބް ބުކް ކުރުމަށް ހުޅުވާލައިފި އެވެ. މިއަހަރުވެސް ދުވުން އޮންނަނީ ޑިސެމްބަރުމަހު 26 ދުވަހު ހަވީރު އެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

މިދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިބް ބުކް ކުރުމަށް އެސްއެމްއެސް ކުރަން ޖެހެނީ  UNITY RUN (name) (national ID#) (bib#) to 9906726 އަށެވެ.

ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ވަގުތު ހަމަ އެކަނި ކުރިއަށްދަނީ ބިބް ބުކް ކުރުން ކަމަށާއި، ބިބް ވިއްކަން ފަށާފައި އެސްއެމްއެސް ކޮށްފައިވާ ފަރާތްކަށް ގުޅާނެކަމަށެވެ.

އަންހެން އެއްވަނަ ދުވުންތެރިޔާ އާއި ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި ދެ ޖިންސް ވަކިން އެންމެ އަވަހަށް ނިންމާ 10 ދުވުންތެރިޔަކު ހޮވާނެ އެވެ.

ދުވުމަށް ހަމަޖެހިފައި ވަނީ ހަމަ ކުރީއަހަރު ތަކެކޭ ވެސް އެށްގޮތަށް ޖަލާލުއްދީން ސްކޫލް ކުރިމަތިން ފަށައިގެން އަމީނީމަގު ދެކުނަށްގޮސް މަގާންމަގުން އިރަށްގޮސް ވެލިގަނޑު މަތިން އެންމެ ބޭރުމަގުން ގޮސް އަމީނީމަގުން އުތުރަށްގޮސް ޖަލާލުއްދީން ސްކޫލް ކުރިމައްޗަށް ނިންމާގޮތަށެވެ.

ކޮންމެ އުމުރެއްގެ ބޭފުޅަކަށްވެސް ބައިވެރިވެވޭ ގޮތަށް އޮތް މި މުބާރާތުގައި ރަށުގައި ނެތް ފަރާތަކަށްވެސް ނުވަތަ ދުވެވެންނެތް ފަރާތްތަކަށްވެސް ފަންޑްރައިސްގައި ބައިވެރިވުމުގެ ގޮތުން ބިބްއެއް ބަލަވައިގަނެވިދާނެ އެވެ.

މުބާރާތުގެ ބިބް ވިއްކުމަށް ހަމަޖެހިފައިވަނީ ވީއައިޕީ ނަންބާރ 1000ރ ، ޗާލު ނަންބަރު 500ރ ސަޅި ނަންބަރު 200ރ އަދި އާދައިގެ ނަންބަރު 100ރ އަށެވެ.

މިދިޔަ އަހަރު ވެސް ވަނީ ރެޑްކްރެސެންޓް ހދ ގޮފިން ކުޅުދުއްފުށީގައި ޔުނިޓީ ރަން ބާއްވާފަ އެވެ.މިއީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355