twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް އުރީދޫގެ އެމް-ފައިސާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

Dec 5, 2018

އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ މޯލްޑިވްސް އާއި ޓްރީޓޮޕް ގުޅިގެން ތައާރަފްކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށްވެސް ޓްރީޓޮޕް ކަސްޓަމަރުންނަށް އެމް-ފައިސާގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށާއި އެގޮތުން އެޕޮއިންޓްމަންޓް ހެއްދެވުން އޯ.ޕީ.ޑީގެ ހިދުމަތްތައް އަދި ބޭސްފަރުވާ ފަދަ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ އެންމެހާ ހިދުމަތްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން އަދި ކޮންމެ ވަގުތެއްގައިވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް ފައިސާ ނަގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމް ވެސް މެއެވެ.

މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްގޭސް ބިލްތައްވެސް ހިމެނެއެވެ.

މި އެޕް ޑައުންލޯޑު ކުރެއްވުމަށް، ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ އެމް-ފައިސާ ހިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355