twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންތިހާބުތަކުގައި ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތް ހަދަނީ

Dec 5, 2018

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ބާތިލްކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު ގާނޫނު އަސާސީން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ.

އަދި ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިނަމަ އެ މީހެއްގެ ކެނޑިޑެންސީ ބާތިލު ކުރަންވާނެ ކަމަށްވެސް މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފު މުހައްމަދެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ވިދާޅުވީ ޕާޓިތަކުގައި ބާއްވާ ޕްރައިމަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓޭނެ ގޮތެއް ނެތުމުން ބައެއްގެ އިންތިހާބީ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355