މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއްތެރޭ ގުޅާލަދީ އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ “މަސްވެރިންގެ ޕެކޭޖް” އުރީދޫ އިން ތައާރަފުކޮށްފިއެވެ.
މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މި ޕެކޭޖު ތައާރަފް ކޮށްދީފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޒަހާ ވަހީދު އާއި އުރީދޫގެ ރީޖަނަލް މެނޭޖަރ ސޭލްސް އަބްދުއްލާ ސައީދުއެވެ.
މި ހާއްސަ ޕެކޭޖު ފަރުމާ ކުރެވިފައިވަނީ އަދުގެ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް ކަމަށް އުރިދޫއިން ބުނެއެވެެ. އަދި އުރީދޫ މަސްވެރިންގެ ޕެކޭޖު މެދުވެރިކޮށް މުޅި މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެކަމަށެެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ހިލޭ ވައިބަރ އަދި ޓްވިޓަރ ލިބިގެންދާނެއެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ހާން އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެކަމަށެވެ. މަސްވެރިންނަކީ މަސައްކަތް ހުންނަ ގޮތުން އާއިލާ އާއި ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭ އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ރައްކާތެރި ކުރުމަށްޓަކާ އުރީދޫ އިން ދާނީ އަބަދުވެސް އިންވެސްޓްމަންޓްތައް ކުރަމުންކަމަށެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ހިޔާރުކުރުމާއި އެކު ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު 4 އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެކަމަށެެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ބޭނުންކުރައްވާ ކަސްޓަމަރުންނަށް މަސައްކަތުގެ މައިދާނުގެ އިތުރުން އާއިލާ އާއި ގުޅާލުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކޮންމެ މަސްވެރިޔަކަށްވެސް އާއިލާގެ މެންބަރުންގެ ތެރެއިން ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.