100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ.ތިނަދޫއަށް ތައާރަފްކޮށްފިއެވެ.
މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރަސްމިއްޔާތުގެ ސަރަފްވެރި މެހެމާން ގދ.ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްއަދުއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ފާހަގަކުރެއްވި ގޮތުގައި މުޖުތަމައުއަށް އިގުތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި ހަލުވި ސްޕީޑުގެ ބްރޯޑުބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރާކަމަށެވެ. މިގޮތުން އުރީދޫގެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުންކަމަށެވެ.
މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އުފާވެރި ލަނޑުދަނޑި ހާސިލްވުމުގެ މުނާސަބަތުގައި އެކުންފުނިން ވަނީ މި ޑިސެމްބަރު 31 ގެ ކުރިން ސުޕަރނެޓް ހިޔާރު ކުރަށްވާ ތިނަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ތިނަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި ކަމަށް އުރީދޫއިން ބުނެއެވެ.
2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ.
މި ހިދުމަތާއި އެކު ތިނަދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.