twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޭކުރެންދޫ, ބާރަށު ކުޅި އަދި ކޭލަކުނު ހިމާޔަތް ކުރަން ނިންމައިފި

Dec 25, 2018

ރައީސް ސޯލިހްގެ 100 ދުވަހުގެ ތެރޭގައި ކޮންމެ އަތޮޅަކުން އެއްރަށާއި އެއްފަޅާއި އެއް ކަނޑުފާ (ކުޅި) އެއް ހިމާޔަތް ކުރުމަށް ވީ ވައުދު ގެ ތެރެއިން ހދ. ކޭލަކުނާއި ، ނޭކުރެންދޫ އަދި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައަޅުއްވައިފި އެވެ.

މި ސަރަހައްދު ތަކަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ނިންމެވުމަށް މިއަދު ކެބިނެޓުން މަޝްވަރާކޮށްފައިވާއިރު ހދ. ކޭލަކުނާއި އެ ރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމާޔަތް ކުރުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ހދ ކޭލަކުނު–

ކޭލަކުނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށެކެވެ. އެކަމާ ދެކޮޅަށް ބޮޑު ކެމްޕޭނެއްވެސް ވަނީ ކޮށްފައެވެ. ރާއްޖޭގައި ހަމައެކަނި ބަރުގަހުގެ ޖަންގަލީގެ ސިފަ ލިބިފައިވާ އެރަށަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ.

މީގެ އިތުރުން 80.23 ހެކްޓަރު ބޮޑު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެރަށުގެ ފަރުގެ ކޮންޕްލެކްސިޓީ ރާއްޖެގެ އެހެން ރަށްތަކާ ވަރަށް ތަފާތުކަމަށް މީގެ ކުރިން އީޕީއޭއިން ކުރި ސާވޭއެއްގައި ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓް ބައްދަލުވުމުގައި ވަޒީރުން ވަނީ ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކަށް ހިމާޔަތް ކުރެވި، ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355