twitterviber whatsapp telegramfacebookyoutube instagram
7th June 2025

އެއްބައިވަންތަކަމުގެ ދުވުމުގައި މިހާތަނަށް 171 ފަރާތްތަކުން ބައިވެރިވެއްޖެ

Dec 26, 2018

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި މިހާތަނަށް 171 ބިބް ވިއްކައިފި އެވެ. މިދުވުން ފެށޭނީ މިއަދު ހަވީރު 4:15 ގައި ވިލާ ކޮލެޖް ކުރިމަތިންނެވެ.

އެއްބައިވަންތަކަމުގެ މި ދުވުން އިންތިޒާމުކުރާ ދިވެހި ރެޑްކުރެސެންޓްގެ ހދ ގޮފީގެ ފަރާތުން ބުނީ ދުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ދުވުމުގައި ބައިވެރިވުމަށް މިހާތަނަން 171 ފަރާތްތަކުން ބިބް ގަނެފައިވާއިރު މިއަދުވެސް ބިބް ވިއްކަމުންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ދުވުން ފަށަން ހަމަޖެހިފައިވާ ވިލާ ކޮލެޖް ސަރަހައްދުން އެގަޑީގައިވެސް ބިބް ގަނެގެން ދުވުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ރެޑްކުރެންސެންޓް ހދ ބުރާންޗުން މައުލޫމާތުދެ އެވެ. އަދި ބިބް ބޭނުންވާ ފަރާތްތަކުން 9906726 ނަމްބަރަށް ގުޅުމުންވެސް އެކަން ހަމަޖެހިގެންދާނެ އެވެ.

ބިބް ވިއްކުމުން ދަނ ވީއައިޕީ ނަންބަރު 1000ރ ، ޗާލު ނަންބަރު 500ރ ސަޅި ނަންބަރު 200ރ އަދި އާދައިގެ ނަންބަރު 100ރ އަށެވެ. ތިން ކިލޯ މީޓަރުގެ މިދުވުމުގައި އަންހެން އެއްވަނަ ދުވުންތެރިޔާ އާއި ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި ދެ ޖިންސް ވަކިން އެންމެ އަވަހަށް ނިންމާ 10 ދުވުންތެރިޔަކު ހޮވާނެ އެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v3.2'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

Join the Run and help us to raise funds for our humanitarian work.Click the link below to see the available bib…

Maldivian Red Crescent HDh Branchさんの投稿 2018年12月3日月曜日

މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355