ޕެންޝަން އޮފީހުން ކުޅުދުއްފުށީގެ އިސްރަށްވެހިންނަށް އަޅަން ނިންމާފައިވާ ޕާކް ފަރުމާ ކުރުމާއި ބިނާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާކް އެޅުމަށް މައުލޫމާތު ދިނުންމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު 11:30 ގައި ޕެންޝަން އޮފީހުގައެވެ.
މި ޕާކް ހެދުމަށް ހަމަޖެހިފައިވާ ބިން ކުޅުދުއްފުށީ ކައުންސިލުން ހަމަޖައްސައިދީފައިވާއިރު މި ޕާކް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރު ކައިރީގައި އޮންނަ ހުސް ބިމެއްގަ އެވެ.
ޕެންޝަން އޮފީހުން އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ކުޅުދުއްފުށީގައި ތަރައްގީކުރަނީ
މި ޕާކްގައި އިސްރަށްވެހިންނަށް ހާއްސަކޮށް ކަސްރަތުކުރުމުގެ ބައެއް ވަސީލަތްތަކާއި ހިތްހަމަ ޖައްސާލުމުގެ ގޮތުން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއްވަ އެވެ.