twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަސްޓަމަރުން އެދެމުންދާތީ ބެސްޓްބަޑީގެ ޕްރޮމޯޝަންގެ މުއްދަތު ޖެނުއަރީމަހުގެ ނިޔަލަށް އިތުރުކޮށްފި

Dec 29, 2018

ބެސްޓް ބަޑީ ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު ޖެނުއަރީމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ. މި ޕްރޮމޯޝަން އަކީ ބައިސްކަލެއް ގަނެގެން ރަށު ޕިކަޕެއް އިނާމަކަށް ލިބޭ ޕްރޮމޯޝަން އެކެވެ.

ބެސްޓް ބަޑީގެ ވެރިޔާ އިބުރާހިމް ރަޝީދު މިޕްރޮމޯޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރަން ނިންމީ ގިނަ ކަސްޓަމަރުން އެކަމަށް އެދެމުންދާތީ އެފަރާތްތަކަށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ބެސްޓްބަޑީގެ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ތަރުހީބު ދަނީ ބޮޑުވަމުންނެވެ.

ބެޓެރީ ވެހިކަލް އާއި ބައިސްކަލްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިއްކަމުންދާ ބެސްޓް ބަޑީން މިޕްރޮމޯޝަން ކުރިއަށްގެންދާ ގޮތަށް ކުރިން ނިންމީ 1 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރަށްށެވެ. ނަމަވެސް މި ޕްރޮމޯޝަން މިހާރުވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 30 ވަނަ ދުވަހާ ހަމައަށްވަނީ އިތުރުކޮށްފަ އެވެ.

ތަފާތު ޑިޒައިންތަކުގެ އެކި އުމުރުފުރާއިގެ ކުޑަކުދިންނާއި، ޒުވާން އުމުރު ފުރާގެ ދެ ޖިންސްގެ ކުދިންނާއި، ބޮޑެތި މީހުންނަށް ހެޔޮވަރު ސައިޒްގެ ރީތި ބައިސްކަލްތަކުގެ އަގުތައް ވަނީ މި ޕްރޮމޯޝަނުންގައި ވަރަށް ބޮޑުތަނުން ހެޔޮކޮށްފަ އެވެ.

ބެސްޓް ބަޑީ ފިހާރާގައި ހުރި ބައިސްކަލުތަކެއް–

ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަންނަން ބޭނުންފުޅުވާނަަމަ ގުޅުއްވާނީ 9907010، 9161241، 9863713 އާއި އެވެ.

ބެސްޓް ބަޑީ ފާހަގަކުރެވިފައި ކުރުމުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ފިހާރައެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެ. ތައުލީމީ ދާއިރާއަށް ގިނަ އެހީތައްވެސް ބެސްޓް ބަޑީން އަންނަނީ ފޯރުކޮށްދެއްމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355