twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެސްއެމްއީ ބޭންކު ފެބުރުއަރީމަހު ހުޅުވި ގެސްޓްހައުސް އާއި ގެދޮރު އެޅުމަށް ލޯނު ދޫކުރާނެ: ރައީސް

Dec 29, 2018

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އުފައްދާ އެސްއެމްއީ ބޭންކުގެ އަމަލީ މަސައްކަތް ފެބުރުއަރީމަހު ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ. މިއީ އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.

ގެސްޓު ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންމެ ވިޔަފާރިއެއްގެ މައިބަދައަކީ މާލީ ތަނަވަސްކަމަށާއި އެކަން ފަހި ކޮށްދިނުމަށްޓަކާ ސަރުކާރުން ވިސްނާފަ އޮތީ އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަން ކަމަށާއި ކުންފުނީ ފުރަތަމަ ގާއިމުކުރެވޭނީ ޑިޕޮސިޓް ނަގާ ފައިނޭޝިއަލް އިންސްޓިއުޓެއްގެ ގޮތުގައިކަމަށެވެ.

އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމަށް އިންވެސްޓްކުރާނެ ފައިސާ ފަސޭހައިން ހަމަނުޖެހުންކަން ފާހަގަކުރައްވަމުން ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ އަހަރު ފެބުރުއަރީމަހު އެސްއެމްއީ ބޭންކު ހުޅުވުމުގެ މަސައްކަތް އަމަލީގޮތުން ފެށި ހަމަ ފެބުރުއަރީ މަސް ނިމުމުގެ ކުރިން ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

” އަދި މެދު ރާސްތާގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓްވެސް ނެނގޭގޮތަށް ބަދަލުވެގެންދާނެ. މާތްﷲ ގެ ވާގިފުޅާއެކު މި ކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް ކުރިންވެސް ދެންނެވި ފަދައިން ފެބުރުއަރީމަހު ފެށިގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގައި މިސަރުކާރުން އެހީތެރިވެ ހޭދަކުރާނެކަމަށް ރައީސް ސޯލިޙް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355