twitterviber whatsapp telegramfacebookyoutube instagram
20th April 2024

މުވައްޒަފުން ތިބެމެ ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑު ނުބެލެހެއްޓި ހަލާކުވަނީ

Jan 2, 2019

ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ރަސްމީ ފުޓްބޯޅަ ދަނޑު ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގައި ވިނަ ފަޅާ ހަލާކުވާން ފަށައިފި އެވެ.

ސްޓޭޑިއަމް ބެލެހެއްޓުމަށް ސަރުކާރުން މުވައްޒަފުން ލާފައި ތިބޭއިރު ދަނޑަށް ފެން ނުޖަހާތާވެސް ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. އަދި އެންމެ އެކަށީގެންވާ ގޮތުގައި އެތަން ނުބަލަހައްޓާކަންވެސް އެނގެ އެވެ.

ދަނޑު ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވަނީ–

އެދަނޑު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ދަނޑުގެ ވިނަތައް ވަނީ ދިގުވެފަ އެވެ. އަދި ބޭކާރު ވިނަތައް ފަޅައި މުޅި ދަނޑަށް ފެތުރެން ފަށާފައިވާއިރު ދަނޑުގެ ބައެއް ސަރަހައްދު ފެންނަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެވެ.

ކޮންމެ ދުވަހަކު އެތަކެއް ސަތޭކަ ބަޔަކު ބޭނުންކުރަމުންދާ މި ސްޓޭޑިއަމުގައި ޖުމްލަ 8 މުވައްޒަފުން އުޅެ އެވެ. އެއީ ހަތަރު މަސައްކަތު މީހުންނާއި ތިން ވޮޗަރުން އަދި އޮފީސް މުވައްޒަފެކެވެ. އެކަމުގެ ސަބަބު އެއޮތް ބޮޑުތަން ނުބެލެހެއްޓި ގޮނޑުވެ، މުދަލަށްވެސް ދަނީ ބޮޑުތި ގެއްލުންތަކެއްވަމުންނެވެ.

ރަސްމީ ބޯޅަދަނޑުގައި ވިނަ ފަޅާ ދިގުވެފަ–

ބޯޅަދަނޑުގެ އިތުރުން ތަން ރަނގަޅަށް މެނޭޖްނުކުރެވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް އެތަނުގައި އެބަހުއްޓެވެ. އަދި މުޅި ސްޓޭޑިއަމްގައި ވިނަ ގަސް ފަޅާ ފެތުރިފައިއިރު ޓުރެކް ސަރަހައްދުގައިވެސް ވަރަށް ބޮޑަށް ވިނަ ފަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355