twitterviber whatsapp telegramfacebookyoutube instagram
19th April 2026

ކައުންސިލް ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Jan 3, 2019

ކުޅުދުއްފުށީ ކައުންސިލުން ބާއްވަމުން އަންނަ ރަށު ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 15، 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާމި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އެދަރިވަރަކު ބައިވއެރިވާ ސްކޫލް ނުވަތަ ގުރުއާން ކުލާސް މެދުވެރިކޮށް ކައުންސިލަށް ފޯމް ހުށައެޅުމަށެވެ.

ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08؛00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ..

މީގެ އިތުރުން މުބާރާތުގައި ފަނޑިޔާރުކަން ކޮށްދޭނެ ފަރާތްތަައް ހޯދުމަށްވެސް އިއުލާންކޮށްފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސީޓީއާއިއެކު ސަނަދުތަކުގެ ކޮޕީ [email protected] މި މެއިލް އެޑްރެސްއަށް ފޮނުވުމަށް ކައުންސިލުން އެދެއެވެ.

ފަނޑިޔާރުންނަށް ހުށައެޅުމުހެ ޝަރުތުތަކަކީ ގާރީ ލެވެލް 3 ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ، މުދިމް ތަމްރީން ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ، ގުރުއާން މުދަރިސްކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައިވުމެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާ ފަރާތްތަކަށް 3000 ރުފިޔާގެ އެލަވެންސެއް ދޭން ނިންމާފައިވާއިރު ރަށުން ބޭރުން ވަޑައިގަންނަވާ ފަނޑިޔާރުންނަށް ހުރުމާއި ކެއުން ކައުންސިލުން ހަމަޖައްސައިދޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށާއި، ފަނޑިޔާރުކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 15 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 14:00 އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355