ސްކައުޓް އެސޯސިއޭޝަން މޯލްޑިވްސް، ސްކައުންޓްގެ ބޭސިކް ޔުނިޓް ލީޑަރުން ތަމްރީންކުރުމުގެ ކޯހެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.
ބޮޑުތިލަދުންމަތީގެ ސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ކޯހުގައި 10 ސްކޫލަކުން 30 ބައިވެރިން ހިމެނިފައިވެ އެވެ.
ސްކައުޓްގެ ބޭސިކް ޔުނިޓް ލީޑަރުން ތަމްރީންކުރުމަށް މިއަދު ކުޅުދުއްފުށީގައި ފެށި ޕްރޮގުރާމްގެ ތެރެއިން–
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ހަނިމާދޫ ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، ހދ އަތޮޅު މަދަރުސާ، ހދ ފިނޭ ސްކޫލް، ހިރިޔާ ސްކޫލް، މަދަރުސަތުލް ޝެއިހް އިބުރާހިމް، ނެއްލައިދޫ ސްކޫލް، ށ. ފޭދޫ ސްކޫލް، އަދި އަފީފުއްދީން ސްކޫލެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ މިތަމްރީން ކޯހުގައި ކިޔަވާދެއްވާނީ ސްކައުންޓް އެސޯސިއޭޝަންގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
ސްކައުޓްގެ ބޭސިކް ޔުނިޓް ލީޑަރުން ތަމްރީންކުރުމަށް މިއަދު ކުޅުދުއްފުށީގައި ފެށި ޕްރޮގުރާމްގެ ތެރެއިން–
މިއީ މިއަހަރު އެ އެސޯސިއޭޝަނުން މިއަދު ކުރިއަށްގެންދާ ފުރަތަމަ ކޯހެވެ. މިފަދަ އިތުރު ދެ ކޯހެއް އަދި މިއަހަރު ރާއްޖޭގެ ދެކުނުގައި ކުރިއަށްގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.