ކުޅުދުއްފުށީގެ ކުރީގެ ކަތީބު އަދި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އިބުރާހިމް ފަރުހޫދުގެ ސައިކަލުގައި ބަޔަކު ހުޅު ޖަހައި އަންދާލައިފި އެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭވަރަށް އަންދާފައެވެ. ސައިކަލު ރޯކޮށްލާފައިވަނީ ގޭގެ ފެންޑާގައި ބަހައްޓާފައި ހުއްޓަ އެވެ. ސައިކަލްގައި އިތުރު ފެންޑާ އާއި ގޭގެ ފާރު އަދި އެސަރަހައްދަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ.
ފަރުހޫދުގެ ސައިކަލުގައި ހުޅު ޖަހާ އަންދާލައިފަ–
ދަންވަރު 2:30 ހާއިރު ހިނގި މިހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. ފަރުހޫދު ބުނީ ދުމުގެ ސަބަބުން ގޭގައި ނިދާފައި ތިބި މީހުންނަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. ފަރުހޫދުގެ އިތުރުން އެގޭގައި އުޅެނީ އޭނާގެ ދުވަސްވީ މަންމަ އާއި އަންހެނުންނެވެ.
ފަރުހޫދުގެ ސައިކަލުގައި ހުޅު ޖަހާ އަންދާލައިފަ–