ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އަބުދުލްރަހުމާނު (ޕަޗީ) ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކޮށް، ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދައިފި އެވެ.
ކައުންސިލް އިދާރާގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޕަޗީ ވަނީ އޭނާގެ ސިޔާސަތު ކައުންސިލާ ހިއްސާކޮށްފަ އެވެ. އަދި ރަށުގެ ބޮޑެތި މައްސަލަތަކާއި އެކަންތައްތައް ހައްލުކުރުމަށް ކައުންސިލަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުން ފިލުވާފައިވެ އެވެ.
ޕަޗީ ހާމަކުރައްވާގޮތުގައި މިބައްދަލުވުމުގައި ކައުންސިލުން ލިބުނު ހިޔާލާއި މަޝްވަރާ އޭނާގެ މެނިފެސްޓޯގައި ހިމަނާނެ އެވެ.
މިބައްދަލުވުމުގައި ހުރިހާ ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެލައްވާފަ އެވެ.