twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިދިޔަ އަހަރު ހަތަރު ވަނައަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ ހދ އަތޮޅުން

Jan 8, 2019

މިދިޔަ އަހަރު އަތޮޅުތެެރެއިން ހަތަރުވަނައަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ ހދ އަތޮޅުންކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

2018 ވަނަ އަހަރު ހުށައަޅާފައިވާ މައްސަތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަތޮޅުތެރެއިން މިދިޔަ އަހަރު ހުށައަޅާފައިވާ މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވާފަ އެވެ.

އެގޮތުން ހަތަރު ވަނައަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ ހދ އަތޮޅުންނެވެ. ހދ އަތޮޅުން ފުލުހުންނަށް ޖުމަލް 354 މައްސަލައެއް ވަނީ ހުށައަޅާފަ އެވެ. އަދި އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ އައްޑޫ ސިޓީންނެވެ. އެއީ 834 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ ގދ އަތޮޅުންނެވެ. އެއީ 388 މައްސަލައެވެ. ތިންވަނައަށް އެންމެ ގިނަ މައްސަލަ ކ އަތޮޅުން ހުށައަޅާފައިވާއިރު އެއީ 376 މައްސަލަ އެެވެ.

ހއ އަތޮޅުން މިދިޔަ އަހަރު 134 މައްސަަލަ އެއް ހުށައަޅާފައިވާއިރު ށ އަތޮޅުން ހުށައަޅާފައިވަނީ 88 މައްސަލައެކެވެ. ނ އަތޮޅުން 177 މައްސަލަ، ރ އަތޮޅުން 187 މައްސަލަ އަދި ބ އަތޮޅުން 155 މައްސަލަ ވަނީ ހުށައަޅާފައެެވެ.

މީގެ އިތުރުން ޅ އަތޮޅުން 170 މައްސަލަ، އއ އަތޮޅުން 122 މައްސަލަ، ވ އަތޮޅުން 28 މައްސަލަ، މ އަތޮޅުން 78 މައްސަލަ، ފ އަތޮޅުން 60 މައްސަލަ، ދ އަތޮޅުން 139 މައްސަލަ، ތ އަތޮޅުން 155 މައްސަލަ، ލ އަތޮޅުން 298 މައްސަލަ، ގއ އަތޮޅުން 247 މައްސަލަ، އދ އަތޮޅުން 193 މައްސަލަ، ޏ އަތޮޅުން 268 މައްސަލަ ވަނީ ހުށައަޅާފަ އެވެ.

މިދިޔަ އަހަރު އަތޮޅު ތެރެއިން އެންމެ މަދުން މައްސަލަ ހުށަހަޅާފައި ވަނީ ވ، މ، ފ، ށ، މި އަތޮޅުތަކުންނެވެ.

2017 ވަނަ އަހަރާ އަޅާ ބަލާ އިރު ހއ، ހދ، ށ، އދ، މ، ދ، ތ، ގއ، ގދ، މި އަތޮޅުތަކުން 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355