އާސާރީ ތަންތަނުގެ މައުލޫމަތު ރަށްރަށުގެ ވެބްސައިޓުން ބެލޭގޮތް ހަދައި އެ ރަށްރަށުގައި އެފަދަ ސެންޓަރުތަކެއް ހަދަން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތޯރިގް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މިނިސްޓްރީގެ ވިސްނުން ހުރީ ބޮޑެތި އާސާރުތައް ހުރި ރަށްރަށުގެ އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރުން އެތަންތަނުގެ މައުލޫމަތު ދެވޭނެ ކުޑަވަރެއްގެ ސެންޓަރުތަކެއް ގާއިމްކުރުން ކަމަށެވެ.
އަދި އެކި ރަށްރަށުގެ މައުލޫމާތަކީ ހަމައެކަނި އެރަށްރަށާ ބެހޭގޮތުން ނެޝެނަލް އާކައިވްއާ ބެހޭގޮތުން ރައްކާކޮށްފައިވާ މައުލޫމާތެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
އަދި މިނިސްޓްރީގެ ބޭނުމަކީ އެފަދަ އާސާރީތަންތަނުން ފެނުނު އާސާރީ ތަކެތި މިހާރު ދާރުލް އާސާރުގައި ހުރިނަމަވެސް އެތަކެތީގެ ނަކަލު އެ ރަށްރަށުގެ ސެންޓަރުތަކުން ފެންނަން ހުންނަ ގޮތް ހެދުން ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.