ކުޅުދުއްފުށީގައި ހައްދާފައިހުރި ކެޔޮ ގަސްތަކެއްގައި މިއަދު ހަވީރު އަލިފާން ރޯވެ އެމްއެންޑީއެޕް ކުޅުދުއްފުށީ ފަޔާރ ސްޓޭޝަނުން ނިއްވާލައިފި އެވެ.
މި ހާދިސާގައި ރޯވެފައިވަނީ ޖަލާލުއްދީން ސްކޫލުގެ އިރުމަތީފަރާތުގައި ހައްދާފައިހުރި ކެޔޮ ގަސްތަކެއްގަ އެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެސަރަހައްދުގައި ހައްދާފައިހުރި ކެޔޮގަސްތަކަށް ވަނީ އަލިފާނުގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ލިބިފައެވެ
ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ.