twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕަސެންޖަ ލައިނަކުން އުތީމަށް 700 އެއްހާ ފަތުރުވެރިން

Jan 9, 2019

ހއ އުތީމަށް އިއްޔެ އައި ޕަސެންޖަ ލައިނަކު އެރަށަށް 700 އެއްހާ ފަތުރުވެރިން ޒިޔާރާތްކޮށްފި އެވެ. ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އުތީމަށް އަހަރަކު ދެ ފަސިންޖަ ލައިން ޒިޔާރާތްކުރެ އެވެ. މިއިން ކޮންމެ ފަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ޒިޔާރާތްކޮށް ރީތި ގޮނޑުދޮށުގައި ވަގުތު ހޭދަކުރެ އެވެ.

900 އެއްހާ ފަތުރުވެރިންގެ ޖާގަ ލިބޭ އެ ޕަސެންޖަ ލައިން އިއްޔެ އުތީމުގައި ބަންދަރުކުރިއިރު އޭގައި 800 އެއްހާ ފަތުރުވެރިން ތިއްބެވެ. ޕަސެންޖަ ލައިން އެރަށަށް ފޭބި 700 އެއްހާ ފަތުރުވެރިންވަނީ އެރަށުގައި ހުންނަ ތާރީހީ ބިނާ ތަކަށް ޒިޔާރާތްކޮށް އެތަންތަން ބަލާލާފަ އެވެ. އަދި އެރަށުގެ ރީތި ގޮނޑުދޮށާއި މޫދުގައި ވަގުތު ހޭދަކޮށްފައިވެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު މިއަދު ކޭއޯއަށް ވިދާޅުވީ ޕަސެންޖަ ލައިންތަކުން ޒިޔާރާތްކުރާ ފަތުރުވެރިންގެ ސަބަބުން ފަތުރުވެރިކަމުގެ ތަކެތި އުއްފަދާ ފަރާތްތަކަށާއި ރަށުގެ ވިޔަފާރިތަކަށް ހެޔޮ ބަދަލެއް އަންނަ ކަމަށެވެ. އުތީމަށް އަހަރަކު ދެ ޕަސެންޖަ ލައިން ޒިޔާރާތްކުރާތާ މިއީ ތިންވަނަ އަހަރެވެ.

އޭނާ ވިދާޅުވީ މިފަހަރު ޕަސިންޖަ ލައިން އަންނަކަން އެނގުނީ މުއްދަތު ވަރަށް ކައިރިވި ފަހުން ކަމަށާއި އެހެންވުމުން އެންމެ ރަނގަޅަށް އެކަމަށް ތައްޔާރުނުވެނު ކަމަށެވެ. އެހެންވެ އެކަން ހައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ޓުއާރ އޮޕަރޭޓަރުންނާ ވާހަކަ ދައްކާނެކަމަށް އަބުދުﷲ ވިދާޅުވި އެވެ. އެހެންވުމުން ފަތުރުވެރިންނަށް އެކަށީގެންވާ ރަނގަޅު ހިދުމަތްތަކެއް ދެވި އެކަމުން ރަށަށް ރަނގަޅު އާމުދަނީއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތީމަށް އިއްޔެ ދިޔަ ޕަސެންޖަ ލައިން–

ޕަސެންޖަ ލައިންތަކުގެ ސަބަބުން އުތީމު ވަރަށް ބޮޑަށް ބޭރު ދުނިޔޭގައި އިސްތިހާރުވެގެންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިކަމުން އެންމެ ރަނގަޅު ނަފާއެއް ރަށަށް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355