twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނޮޅިވަރަމްގެ އެކި ސަރަހައްދުތަކުގައި ހުރި ކުނިގޮނޑުތައް ނަގައި ކުނި އަޅާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފި

Jan 9, 2019

ހދ ނޮޅިވަރަމްގެ އެކި ސަރަހައްދުތަކުގައި ހުރި ކުނިގޮނޑުތައް ނަގައި ކުނި އަޅާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.

ނޮޅިވަރަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ އެވެ. އެހެންވެ މުޅި ރަށް ފެންނިގެންގޮސްފައިވަނީ ސާފުތާހިރުކަން ކުޑަ ރަށެއްގެ ގޮތުގަ އެވެ.

ނަމަވެސް އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަކީ ކައުންސިލުގެ އަމާޒެކެވެ. އެގޮތުން އެކަމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާ ތަންފީޒުކުރަން ފަށާފަ އެވެ. އެގޮތުން ނޮޅިވަރަމްގެ އެކި ސަރަހައްދުތަކުގައި ކުނި ޖަމާކޮށްފައިވާ ސަރަހައްދުތައް ވަނީ ނަގަން ފަށާފަ އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިއަދުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށް އެކަން ރައްޔިތުންނާ ހިއްސާކޮށްފައިވާނޭ ކަމަށެވެ. ކުނި އަޅާނެ ދެ ސަރަހައްދެއް ކައުންސިލުން މިހާރު ކަނޑައަޅާފައިވާއިރު ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމަކީ ސާފު ރަށަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުން ކައުންސިލަށް ބޭނުންވާ ކަމަށާއި ހުރިހާ އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކަށް ކުނި އެޅުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

އެގޮތުން ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ދެ ސަރަހައްދަކީ އެރަށު ހިރަފުސް ދަނޑާ ދިމާ އުތުރު ކޮޅާއި ބަނދަރުގެ ދެކުނު ކުޅި ކައިރިން އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355