އަންނަ ހަފްތާތެރޭ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް މަސައްކަތް އަލުން ފެށޭނެކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.
ޓާމިނަލްގެ މަސައްކަތް ބައެއް މައްސަލަތަކާހެދި މެދުކެނޑިފައި އޮތުމަށްފަހު މި މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިންވެސް މި މަސައްކަތް ކުރިއަށް ގެންދިޔަ ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
އެގޮތުން މި މަސައްކަތް އަލުން ފެށުމަށް ރީޖަނަލް އެއާޕޯޓްސްއިން ވަނީ އެ ކުންފުންޏާއެކު މަޝްވަރާކޮށްފަ އެވެ. މިހާރު އެއާޕޯޓްގެ ފެންސް ޖެހުމުހެ މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތް ކުރަނީ އެމްޓީސީސީން ނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހަދަން ފެށި މި އެއާޕޯޓް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ ހުޅުވާފައިވެ އެވެ. އެހެންނަމަވެސް ނިންމާލެވިފައިވަނީ ޓާމިނަލްގެ އިތުރުން ރަންވޭ އާއި ޓެކްސީވޭ އެކެވެ.