twitterviber whatsapp telegramfacebookyoutube instagram
26th June 2025
ADVERTISEMENT

މޯލްޑިވިއަންގެ ޓިކެޓްގެ އަގު ހެޔޮކޮށް، ވިއްކަން ފަށައިފި

Jan 10, 2019

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް މިއަދު ވިއްކަން ފަށައިފި އެވެ.

އަގުތަކަށް ގެނައި މި ބަދަލާއެކު މޯލްޑިވިއަން އިން ދަތުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްގެ އަގުތައް ވަނީ މިއަދުން ފެށިގެން ހެޔޮވެފަ އެވެ.

ޓިކެޓުގެ އަގު ހެޔޮ ކުރުމާއެކު ކުރިން އެންމެ އަގު ރޭޓުގައި ދޭ ޓިކެޓުގެ ޝީޓްވެސް އިތުރުކޮށްފައިވާ ކަމަށާއި މީގެ ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެއާ ނީންނާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އަގު ހެޔޮ ފެއާއިން ކޮންމެ ދުވަހަކުވެސް 15،000 ޝީޓް އިތުރަށް ލިބިގެންދާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.

އަގަށް އައި ބަދަލާއެކު މިހާރު ޓިކެޓް ލިބޭނެ އަގުތަކަކީ:

މާލެ – ގަން – މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު

މާލެ – ފުވައްމުލަށް – މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު

މާލެ – ހަނިމާދޫ – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު

މާލެ – އިފުރު – މާލެ: 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު

މާލެ – ދަރަވަންދޫ – މާލެ: 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު

މާލެ – ކުޑަހުވަދޫ – މާލެ: 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު

މާލެ – ތިމަރަފުށި – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު

މާލެ – ކައްދޫ – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު

މާލެ- ކޫއްޑޫ – މާލެ: 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު

މާލެ – ކާޑެއްދޫ – މާލެ: 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com