twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އޭއީސީގެ ގުރޭޑް 5 އަދި 6 ދަރިވަރުން އިންޓަވަލްއަށް ގެއަށް ފޮނުވާގޮތަށް ހަމަޖައްސައިފި

Jan 11, 2019

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 5 އަދި 6 ގެ ދަރިވަރުން އަންނަ އަހަރުން ފެށިގެން އިންޓަވަލްއަށް ގެއަށް ފޮނުވާގޮތަށް ހަމަޖައްސައިފި އެވެ.

ހދ އޭއީސީގައި މިދިޔަ އަހަރުތަކުގައި އެ ދެ ގުރޭޑްގެ ދަރިވަރުންގެ އިންޓަވަލް ހަދަނީ ސްކޫލުގަ އެވެ. އެގޮތުން 1-6 ގެ ދަރިވަރުން އިންޓަވަލްއަށް ގެއަށް ފޮނުވާފައެއް ނުވެ އެވެ.

ނަމަވެސް މިއަހަރު އެކަން ބަދަލުކޮށް އިއްޔެ ވަނީ އެކަން ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އެސްކޫލުގައި ބޭއްވި ޖަލްސާގައި ހާމަކޮށްފައިވަނީ މިއަހަރު އިންޓަވަލްއަށް ގެއަށް ފޮނުވާގޮތަށް ނިންމާފައިވަނީ ގުރޭޑް 5 ކުން މަތި ކަމަށެވެ.

ގުރޭޑް 8 އާހަމަށް ކިޔަވައިދޭ މި ސްކޫލުގައި މީގެ ކުރިން އިންޓަވަލްއަށް ގެއަށް ފޮނުވަނީ ގުރޭޑް 7-8 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355