twitterviber whatsapp telegramfacebookyoutube instagram
7th June 2026

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

Jan 14, 2019

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ތެޔޮ ވިއްކާ އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމައިފިއެވެ.

އެގޮތުން މިއަދުން ފެށިގެން ޑީސަލް އަދި ޕެޓުރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ ޑީސަލް ލީޓަރެއް 9.99 ރުފިޔާ އަދި ޕެޓްރޯލް 10.19 ރުފިޔާއަށެވެ.

އަގަށް ގެނައި ބަދަލާއެކު ޑީސާލުން 2 ރުފިޔާ އަދި ޕެޓްރޯލުން 1 ރުފިޔާ ވަނީ ކުޑަވެފައެވެ.

މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 11.19 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް 11.99 ލާރިއަށެވެ.

އެސްޓީއޯއިން ވަނީ މިދިޔަ އަހަރު ޖޫން މަހުތެރޭވެސް ތެލުގެ އަގަށް ބަދަލު ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355