twitterviber whatsapp telegramfacebookyoutube instagram
15th September 2026

ހަ ޓީމާއެކު ކޭވައިއާރުސީ ނެޓްބޯޅަ މުބާރާތް ފަށައިފި

Jan 26, 2019

ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ. މިމުބާރާތުގައި 6 ޓީމަކުން ވާދަކުރެ އެވެ.

މިމުބާރާތް ފަށާފައިވަނީ އިއްޔެ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. އިއްޔެ ހަވީރު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ތާރޓީ ޕުލަސް އާއި ޓީމް ސްޓަރ އެވެ. މިމެޗް 46 ޕޮޓް ،21 ޕޮޓުން ކާމިޔާބުކޮށްފައިވަނީ ތާރޓީ ޕުލަސްއެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗްއަކަށް ހޮވިފައިވަނީ ތާރޓީ ޕުލަސްގެ ގޯލް އެޓޭކާރ ނަސީމާ އިބްރާހިމެވެ.

ކޭވައިއާރުސީގެ ނެޓްބޯޅަ މުބާރާތުގެ ތެރެއިން–

މުބާރާތުގެ 2 ވަނަ މެޗް އަދި 3 ވަނަ މެޗް ކުޅެފައި ވަނީ ރޭގައެވެ. 2 ވަނަ މެޗްގައި ކުލަބް ކޮރަލް އަދި ނޯޓީ 40 ބައްދަލުކޮށް މެޗް ކާމިޔާބުކޮށްފައިވަނީ 46 ޕޮޓް 15 ޕޮޓުން ކުލަބް ކޮރަލް އެވެ.

މިމެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ ކުލަބް ކޮރަލްގެ ގޯލް އެޓޭކަރ ޝަރޫނާ މުހައްމަދެވެ. ރޭގެ 3 ވަނަ މެޗްގައި ސައިރެން އާއި ފައިވް ބައްދަލްކޮށް 50 ޕޮޓް 21 ފޮޓުން ޓީމް ފައިވް މެޗް ކާމިޔާބުކޮށްފައިވާއިރު މިމެޗްގެ ކުއީން އޮފް ދަ މެޗަކީ ފައިވްގެ ވިންގ އެޓޭކާރ ހަދީޖާ އަލީއެވެ.

ކޭވައިއާރުސީގެ ނެޓްބޯޅަ މުބާރާތުގެ ތެރެއިން–

މިމުބާރާތުގެ މެޗްތައް މިއަދު ހަވީރު އާއި މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ޓީމް ސްޓާރ އަދި ނޯޓީ 40 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293