twitterviber whatsapp telegramfacebookyoutube instagram
11th November 2026

އުރީދޫއިން ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ބަހަނީ

Jan 30, 2019

2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ނުވަތަ އުރީދޫ މޯލްޑިވްސް ގުރޫޕުގެ 88 ޕަސެންޓް ސާފު ފައިދާ ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް މިއަދު އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ވަނީ ނިންމައިފި އެވެ.

ބޯޑުގެ މިލަފާގެ މަތިން ހިއްސާގެ ފައިދާގެ ގޮތުގައި މިދެންނެވުނު މިންވަރު ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހެޅޭނެއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް 15 ފެބްރުއަރީ 2019 ގެ ނިޔަލަށް އުރީދޫގެ ވެބްސައިޓުގައި އާންމުކޮށް ޝާއިރުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293