ޒީރޯ ޕްލާސްޓިކް ދުވުމުގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އަބްދުލް ވާހިދު ޙަސަން - 2 ހަފްތާ ކުރިން - 1 ފެބްރުއަރީ 2019



ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އޮތް “ޒީރޯ ޕްލާސްޓިކް” ދުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ދުވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބޭއްވި މި ހަރަކާތަކީ އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ހަރަކާތެކެވެ.


ގުޅުން ހުރި ލިޔުންތައް



  1. މެޑަމް އައިސަ 2 ހަފްތާ ކުރިން
    އެނޫން ކަމެއް ނުވާނެ މިހާރު ހުރީ ދައުރު ދިގުވެ ހާސްވެފަ ރޭވެސް ބުނި މި އޮތީ ވާނެ ހައެތި ވެފަ