twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ކުޅީގެ ބާކީ ބައިގައި ނޭޗާރ ޕާކެއް ތަރައްގީކުރުމުގެ ހިޔާލު މިނިސްޓަރަށް ދީފި

Feb 8, 2019

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައި ހިމާޔާތްކޮށް އެތަނުގައި ނޭޗާރ ޕާކެއް ތަރައްގީކުރުމުގެ ހިޔާލު އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދަށް، ތިމާވެއްޓަށް މަސައްކަތް ކުރާ ބިލީފްގެ ފައުންޑަރ އަފާ ހުސެއިން ދީފި އެވެ.

ހދ އަތޮޅަށް އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓް ތަރައްގީކޮށްފައިވާ ކުޅި ސަރަހައްދަށް ޒިޔާރާތްކޮށް އެސަރަހައްދު ބައްލަވާލައްވާފަ އެވެ. އެސަރަހައްދުގައި މިނިސްޓަރު އުޅުއްވަނިކޮށް ބިލީފްގެ ފައުންޑަރު އަދި ތިމާވެއްޓަށް މަސައްކަތްކުރާ އެކްޓިވިސްޓް އަފާ ވަނީ މިނިސްޓަރާ ބައްދަލުކޮށް ކުޅީގެ ބާކީ ބައި ހިމާޔާތްކޮށް އެތަނުން ރައްޔިތުންނަށް މަންފާކުރާނެ ތަނަކަށް ހެދުމަށް އެދިފަ އެވެ.

މިނިސްޓަރު އަރިހުން އަފާ އެދިލައްވާފައިވަނީ އައްޑޫ ސިޓީ އާއި ފޯއްމުލަކު ސިޓީގެ ކުޅީގައި ތަރައްގީކޮށްފައި އޮންނަ ގޮތަށް ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައިގައިވެސް ނޭޗާރ ޕާކެއް ތަރައްގީކުރަން އެދިފަ އެވެ. އަދި އެތަންތަނުގައި އެގޮތަށް ނޭޗާރ ޕާކް ތަރައްގީކޮށްފައިވާއިރު އެކަން ކުޅުދުއްފުށީގައި ނުކުރެވެންވީ އެއްވެސް ސަބަބެއް އޮންނާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މިނިސްްޓަރު އަރިހުގައި އޭނާ ދެންނެވި އެވެ.

އަފާ ބުނީ ހިމާޔާތްކުރުމަށް މަންފާ ނުލިބޭގޮތަށް އެތަން އޮންނަ ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އެތަނަކީ ރައްޔިތުންނަށް މަންފާކުރާނެ ތަނަކަށް ހެދުމަށް އެދިލައްވާފަ އެވެ. އައްޑޫ އާއި ފޯއްމުލަކުގެ ނޭޗާރ ޕާކުތަނުން އަންނަނީ ބޮޑު މަންފާއެއް ހޯދަމުންނެވެ. މިނިސްޓްރީގެ މިދަތުރުފުޅުގައި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރާތްކޮށް އެތަންތަނުގެ ކުނީގެ ހާލަތު ބައްލަވާލައްވާފަ އެވެ.އަދި މިނިސްޓަރު ވަނީ މިއަދު ހދ ކޭލަކުނަށް ވަޑައިގެން އެރަށް ބައްލަވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355