twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބޮޑުތިލަދުންމަތީގެ ދޮންވެލި ތުނޑިތަކުންވެސް އެދިގޮވަނީ ރަށު ފަތުރުވެރިކަމަށް: ޓޫރިޒަމް މިނިސްޓަރު

Feb 9, 2019

ބޮޑުތިލަދުންމަތީގެ ނަލަ ދޮންވެލި ތުނޑިތައްވެސް ރައްޔިތުންނެކޭ އެއްގޮތަށް ގޮވަމުންދަނީ ރަށު ފަތުރުވެރިކަމަށްކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ބޮޑުތިލަދުންމަތީގެ ދޮންވެލި ތުނޑިތަކުންވެސް އެދިގޮވަމުންދަނީ ރަށު ފަތުރުވެރިކަމަށެވެ.

މިނިސްޓަރުގެ ޕޯސްޓްގައި އެފަދަ އިބާރާތަކުން އެހެން ލިޔުންވާފައިވަނީ ބެލެވޭގޮތުގައި ބޮޑުތިލަދުންމަތީގެ ރައްޔިތުން ގެސްޓްހައުސް ވިޔަފާރިއަށް ބޭނުންވެފައިވާ މިންވަރު ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިމާވެއްޓާއި ސަގާފަތާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލުތަކަށް ރައްޔިތުން ކުރާ އުންމީދު ހާސިލްވާނެ ކަމަށެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ވަކި ސަރަހައްދެއް ތަފާތުކުރުމެއް ނެތި ފަތުރުވެރިކަންފުޅާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ދިއްދޫ އަދި ކެލައަށް ވަނީ ވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355